މަންމައަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ، ހއ. ހޯރަފުއްޓަށް ނިސްބަތްވާ މުހައްމަދު ސުނާހު އެވެ.
މި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ސުނާހްގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާގެ މަންމައާ މާރާމާރީ ހިންގުމުގެ އިތުރުން މަންމައަށް އިންޒާރު ވެސް ދީފައިވެ އެވެ. ނަމަވެސް ބަންދުގެ މުއްދަތު މަޖލީހުގައި ސުނާހް ވަނީ މަންމަގެ ގައިގައި ޖެހިކަމަށް އިންކާރުކޮށްފަ އެވެ.
އޭނަ އަކީ ކުރިން މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް ވެސް އޮންނަ މީހެކެވެ.