Last Updated: June 5, 20:43
Friday, June 5, 2026
ކުޅިވަރު

ކުރީގެ އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ބެކަމް އަށް!

ކުޅިވަރު ކުޅުމުން ރިޓަޔާކޮށްފައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުގެ ދެވަނާގައި އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ހިމެނިއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑް، ރިއަލް މެޑްރިޑް، އޭސީ މިލާން ގެ އިތުރުން ޕީއެސްޖީއަށް ވެސް ކުޅެފައިވާ ޑޭވިޑް ބެކަމް އަކީ އަބަދުވެސް މުއްސަނދި ކުޅުންތެރިއެކެވެ. ނަމަވެސް މިލިސްޓަށް ބެކަމް އަރާފައި ވަނީ މި އަހަރު އެވެ.

SNF0638A---620_1632817a

އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން ގެ ފަހަތުގައި މިހާރު ބެކަމް އޮތް އިރު މި ލިސްޓުގެ ތިން ވަނައިގައި އޮތީ ކުރީގެ ގޯލްފް ކުޅުންތެރިޔާ އާނޮލްޑް ޕާމާ އެވެ.

މައިކަލް ޖޯޑަން ލިސްޓުގެ އެއް ވަނައިގައި އޮތީ 70 މިލިއަން ޕައުންޑާއެކު އެވެ. 13 އަހަރު ކުރިން ޖޯޑަން ބާސްކެޓު ކުޅުމުން ރިޓަޔާ ކޮށްފައިވާއިރު އޭނާ އަދިވެސް އެހާ މުއްސަނދި ވަނީ ނައިކުގެ ޖޯޑަން ބްރޭންޑުން ލިބޭ ފައިދާއިންނެވެ.

ބެކަމް ލިސްޓުގެ ދެވަނަ އަށް އެރީ 45.2 މިލިއަން ޕައުންޑުގެ މިލްކިއްޔާތަކާއި އެކުގަ އެވެ.

ބެކަމްގެ އަންހެނުން ވިކްޓޯރިއާގެ ކުންފުނީގެ އިތުރުން އެތައް ގޮތްގޮތުން ބެކަމް އަކީ ކުޅުމުން ދުރުވިފަހުންވެސް މުއްސަނދި މީހެކެވެ.

އެންމެ ފަހުން ކުޅުނު ޓީމު ޕީއެސްޖީ އަށް ކުޅުނު އިރު އެ ޓީމުން ބެކަމް އަށް ދިން މުސާރަ އޭނާ ވަނީ ޗެރިޓީތަކަށް ހަދިޔާކޮށްފަ އެވެ.