ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ހަވާލުވުމުގެ ގޮތުން އެޗްޑީސީ އާއި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރެވެ.އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މީގެ ކުރިން ފޭސް ދޭކަށް ކަރަންޓް ފޯރުކޮށް ދެމުން ދިޔައީ އެޗްޑީސީގެ ނެޓްވޯކަކުންނެވެ. ނަމަވެސް ދެން އެ ނެޓްވޯކާ ގުޅޭ ހުރިހާ ކަމެއް ކުރާނީ ސީދާ ސްޓެލްކޯއިންނެވެ.
ޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ޖާގަ ވެސް ޑިވެލޮޕްމަންޓް އެޗްޑީސީން ހަވާލުކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯއިން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައެވެ.