Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ބާލިން ކްލައިމެޓް މޮބިލިޓީގައި ނައިބު ވާހަކަ ދައްކައިފި

ޖަރުމަންގެ ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަފީތު ތަޤުރީރު ކުރައްވައިފި އެވެ.

"ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިޖުރަކުރުމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައިފައެވެ. އަދި މޫސުމީ ނޭދެވޭ އަސަރުތަކާ ކުރިމަތިލާންޖެހިފައިވާ ނާޒުކު ޤައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) އިތުރުކޮ ށްދިނުމަށް ވެސް އެމަނިކުފާނު ބާރު އެޅުއްވި އެވެ.

ނައިބު ރައީސްގެ ވާހަކައިގައ ވިދާޅުވީ، މޫސުމީ ބަދަލުތަކާ ގުޅިގެން މީހުން ހިޖުރަކުރަން ޖެހޭ ޙާލަތްތަކުގައި، އެކަން ވާން ޖެހޭނީ ދުރާލައި ރޭވިފައިވާ، އަމިއްލަ އިޚުތިޔާރުގައި ކުރެވޭ އަދި އިންސާނީ ކަރާމާތް ހިފެހެއްޓިފައިވާ ކަމަކަށް ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަން ޖެހޭ މައްސަލައާ މެދު ދުނިޔޭގެ ފެންވަރުގައި މަޝްވަރާކޮށް، ސިޔާސަތުތައް އެކުލަވައިލުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ނައިބު ރައީސް އަރިހުގައި ސަމިޓްގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.