މާލޭގައި ކުރިން ކްރިމިނަލް ކޯޓު ކުރިން ހިންގި އިމާރާތުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރަށް ނިސްބަތްވާ އަހުމަދު ނިޝާމް، 34، އެވެ.
މި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން އިއްޔެ ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ނިޝާމްގެ މައްޗަށް ފުލުހުން ކުރަނީ ވައްކަންކުރުމާއި ހުއްދަ ނެތް ތަނަކަށް ވަނުމުގެ ތުހުމަތެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
ނިޝާމަކީ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރާއި ބަންދު ރިކޯޑް އޮތް މީހެކެވެ.