މި އަހަރު އޯޝަން ޑޭއާ ގުޅުވައިގެން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފިޝަރީޒް މިނިސްޓްރީން ފަރުމަސްވެރިކަމުގެ މުބާރާތުގެ އެއް ވަނަ ބ. ތުޅާދޫ ޓީމުން ހޯދައިފި އެވެ.
މި މުބާރާތުގައި އެ ރަށުން ބައިވެރިވީ "ދޮން އިސްމާއީލް" ޓީމެވެ.
މުބާރާތުގައި މަސްބޭނުން ކުރިއަށް ގެންދިޔައީ އިއްޔެ މެންދުރު ފަހު 3:00 އިން ރޭގެ 9:00 އަށެވެ. އެ ވަގުތުތު ހަމަވިއިރު "ދޮން އިސްމާއީލް" ޓީމުން ވަނީ 214 ކިލޯގެ މަސް ބާނައިފަ އެވެ.
މުބާރާތް ރޭ ނިންމާލައި ވަނީ ވަނަތައް ހޮވައި އިނާމު ދީފަ އެވެ. އިނާމުތައް ހަވާލުކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
* 1 ވަނަ: ބ.ތުޅާދޫ، ދޮން އިސްމާއިލް ޓީމު (30،000ރ.)
* 2 ވަނަ: ފުވައްމުލަކު، މެޖިކްލީން (25،000ރ.)
* 3 ވަނަ: ތ. ހިރިލަންދޫ، ކަޅަކައުންޑު (20،000ރ.)
މި މުބާރާތުގެ އެއްވަނައިގެ އިތުރުން އެންމެ ބަރު މަސް ބާނައިގެން އިނާމްގެ ގޮތުގައި ދިން 5،000ރ. ވެސް ހާސިލުކުރީ ވެސް ތުޅާދޫ ދޮން އިސްމާޢީލް ޓީމުންނެވެ. އެންމެ ބަރުމަސް ބޭނީ އެ ރަށު ކެޔޮޅެއް ކަމަށްވާ މުޙައްމަދު ހަބީބެވެ.