Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

ނަޝީދަށް އަދުރޭ: ޕީއެންސީ ބައިބައި ނުވާނެ

ޕީއެންސީ ބައިބައި ކުރުމުގެ މަގުސަދުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ފާޑުފާޑުގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް ކަމަށް އެ މަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

ވެރިކަން ކުރާ ޕާޓީ ޕީއެންސީ މިހާރު އޮތީ ރޫޅުމުގެ މަގުމަތީގައި ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ ކަމަށެވެ.

އަދި ޕީއެންސީއަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ކަމަށް އޭނަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެ ޕާޓީއަކީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއް ކަމަށާއި ޕީއެންސީން އަބަދު ވެސް އިސްކުރާނީ ދިވެހީންނާއި ދިވެހި ގައުމު ކަމަށެވެ. އަދި މުޅި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް ކަމަށް ވެސް ވިދާޅުވި އެވެ.