Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

މާކުރަތު ފުޓްސަލް ދަނޑު ހުޅުވައިފި

ރ. މާކުރަތުގައި ސަރުކާރުން ގާއިމުކުރި ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.

އެ ދަނޑު އިއްޔެ ހުޅުއްވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.

މާކުރަތު ފުޓްސަލް ދަނޑަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ދަނޑު ހެދުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

މާކުރަތު ފުޓްސަލް ދަނޑަކީ މިދިޔަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެވަޑައިގެންނެވި ވައުދެކެކެވެ.