Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

ތޫނު އެއްޗެއް ހިފައިގެން ފިހާރައަކަށް ވަން މީހަކު ހައްޔަރަށް

ހުޅުމާލޭގެ ފިހާރައަކަށް ތޫނު އެއްޗެއް ހިފައިގެން ވަދެ، އެތަނުގައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ މިއަދު ރިޕޯޓްކުރުމާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެކަމަކު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފިހާރައަކަށް ވަދެ އެތަނުގެ މުވައްޒަފުންނަށް ބިރު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އެ މީހާ އެ ފިހާރަ އަށް މިއަދު ހެނދުނު ވަނުމުގެ ކުރިން ރޭ ވެސް އެތަނަށް މަސްތުގެ ހާލަތުގައި ހުރެގެން ވަދެފައިވެ އެވެ.