Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"ހަވީރު" ނޫސް ނެރުން ހުއްޓާލަން ވަގުތީ އަމުރެއް ނެރެފި

"ހަވީރު" ނޫސް ނެރުން ހުއްޓާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ހަވީރު ނޫސް ނެރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރުނު ނަމަވެސް އެ އަމުރު "ހަވީރު އޮންލައިން" އަށް ރައްދު ނުވާތީ މިހާރެކޭ އެއްގޮތަށް ހަވީރު ނޫސް ނެރެމުން ދާނެ ކަމަށް އެ ނޫހުން މައުލޫމާތު ދެ އެވެ.

Screenshot 2016-03-31 14.57.41

ސިވިލް ކޯޓުން މިއަދު ވަނީ، ދައުވާ ހުށަހެޅި ގ. ކޮއްކި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތި "ހަވީރު"ގެ އެކައުންޓްތަކުން މުއާމަލާތު ނުކުރުމަށް ވެސް އަމުރުކޮށްފަ އެވެ.

"ހަވީރު" ނޫސް ނެރެމުން އަންނަނީ ޖެނުއަރީ 1، 1979 އިން ފެށިގެންނެވެ.