Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

އާމްދަނީ އާއި ޚަރަދުގެ ސާވޭ ކުރިއަށް

ގޭބިސީގެ އާމްދަނި އާއި ޚަރަދުކުރުން ހުރިގޮތުގެ ސާވޭ ބައެއް ރަށްރަށުގައި ފަށައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށް ގެންދާ މި ސަވޭއަކީ، ކޮންމެ 5-6 އަހަރަކުން ކުރިއަށް ގެންދާ ސާވޭއެކެވެ. އެންމެ ފަހުން މި ސާވޭ ކުރިއަށް ގެންދިޔައީ 2019 ގަ އެވެ.

މި ސާވޭ އަކީމުޅި ރާއްޖެ ހިމެނޭހެން ކުރިޔަށް ގެންދާ ސާވޭއެކެވެ. މި ސަރވޭއަށް މައުލޫމާތު އެއްކުރުމުގެ ދެ ބުރެއް މިހާތަނަށް މާލޭގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

އަތޮޅުތަކުގައި ސާވޭގެ މަސައްކަތް ފެށީ މިދިޔަ މަހުއެވެ. އެގޮތުން މިހާތަނަށް ކ އަދި މ އަތޮޅުން ހޮވާލެވުނު ރަށްތަކުގައި ވަނީ ސާވޭގެ މަސައްކަތް ނިންމައިފައެވެ.

ސްޓެޓްސް ބިއުރޯއިން ބުނީ ސާވޭ މިހާރު އައްޑު އާއި ލ. އަތޮޅު އަދި ނ. އަތޮގައި ފަށާފައިވާ ކަމަމަވެ. އެގޮތުން އެ އަތޮޅުތަކުން ހޮވާލެވުނު ރަށްތަކުގައި، މި މަހުގެ 28 އާ ހަމައަށް ސާވޭ ކުރިއަށް ދާނެ އެވެ.

ސާވޭގެ މަގުސަދަކީ ގޭބިސީގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުމާއިރާއްޖޭގެ ފަޤީރު ގެ މިންގަނޑު އެކުލަވާލުމާއި ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ (ސީޕީއައި) ގެ ބުރަދަން އިސްލާހުކުރުމުގެ އިތުރަށް ގޭބިސީގެ އެވްރެޖު އާމްދަ ނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުމެވެ.

ސާވޭގައި މާލެ އާއި ސިޓީތަކުން 2،085 ގޭބިސީން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެ އެވެ. އަތޮޅުތަކުން ޖުމްލަ 2،010 ގޭބިސީން މަޢުލޫމާތު އެއްކުރާނެ އެވެ.

މިއާއެކު ޖުމްލަ 4،095 ގޭބިސީއެއްގެ މަޢުލޫމާތު އެއްކުރާނެ އެވެ.