Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

ފެނަކަ އިން ވަކިވާން 97 މުވައްޒަފަކު އެދިއްޖެ

މަސައްކަތެއް ނެތް އެތައް މުވައްޒަފުންނެއް ނެތް ތިބި ފެނަކަ "ރައިޓްސައިޒް" ކުރަން ފެށި މަސައްކަތުގެ ހަތަރު މަހުގެ މުސާރައާ އެކު ވަކިވާން ބޭނުން މުވައްޒަފުންނަށް ހުޅުވައިލި ފުރުސަތުގައި 97 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކަމަށް އެދެން މުވައްޒަފުންނަށް ދިން 10 މުއްދަތު ހަމަވީ މި މަހުގެ 14 އަށެވެ.

ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވި ގޮތުގައި އެ މަގާމަށް އޭނަ މިދިޔަ އެޕްރީލް މަހުގެ 27 ގައި އައްޔަންކުރި އިރު، ފެނަކައިގެ މުވައްޒަފުންގެ އަދަދު 8،000 އަށް އަރަ އެވެ. އަދި އެ މުވައްޒަފުންނަށް މުސާރަ ދޭން މަހަކު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަވެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައު ފެނަކަ އަކީ ސިޔާސީ މަންފާ އަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީފައިވާ ކުންފުންޏެކެވެ. އަދި އޭގެ ތެރެއިން ގިނަ މުވައްޒަފުންނަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތި، އެކަމަކު ބަރާބަރަށް މުސާރަ ލިބެމުންދާ މުވައްޒަފުންނެވެ.