Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

ރާއްޖެ އަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިޔަން ވަނަ ޓޫރިސްޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މިއަދު މަރުހަބާ ކިޔައިފި އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަކީ ސްޕެއިނަށް ނިސްބަތްބާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާ އެވެ. އޭނަ ރާއްޖެއަށް އައީ ބައިވެރިޔާއާ އެކު ޤަޠަރު އެއާވޭސްގެގަ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިއީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިސްވެރިންނެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.