ހަދީސް ހިތުދަސްކުރުމުގެ ޕްރޮގުރާމެއް ހިންގަން ނިންމައި އޭގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މި ޕްރޮގްރާމަކީ އިމާމް އައްނަވަވީގެ 40 ހަދީސް ހިތުދަސްކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ މަސްދުވަހުގެ މުއްދަތަކަށެވެ. އެހެންވެ ޕރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ހުޅުވާލައިފަ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 30 އާ ހަމައަށެވެ.