Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީއިން ބުނެފައިވަނީ ކޮންމެ މެންބަރަކަށްވެސް ޝައުޤުވެރިކަންފާޅުކުރެވޭނީ ގިނަވެގެން ދެ ކޮމިޓީއަށެވެ. އަދި އަންނަނިވި ކޮމިޓީތަކުން ބޭނުންވާ ކޮމިޓީއެއްގައި ބައިވެރިވެ މަސައްކަތް ކުރުމަށް އެމްޑީފީއިން ވަނީ ހުޅުވާލާފަ އެވެ.

އެޕާޓީގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ، މި މަހުގެ 23 ގެ ނިޔަލަށެވެ. އެ ކޮމިޓީތަކަކީ:

– އިންތިހާބާބެހޭ ކޮމިޓީ
– ކެންޕޭން ކޮމިޓީ
– ޗަންދާ ކޮމިޓީ
– އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
– މީޑިއާ ކޮމިޓީ
– ޤާނޫނީ ކޮމިޓީ
– ލާމަރުކަޒީ ކޮމިޓީ
– ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ
– މެކްރޮއިކޮނޮމިކް ކޮމިޓީ
– އެސް.އެމް.އީ ކޮމިޓީ
– މަސްވެރިކަމާ ދަނޑުވެރިކަމާބެހޭ ކޮމިޓީ
– ޓޫރިޒަމް އާއި ޓްރާންސްޕޯރޓް ކޮމިޓީ
– އެންވަޔަރަމްންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
– ގެދޮރާބެހޭ ކޮމިޓީ
– ސިއްހަތާ އިޖްތިމާއީ ކޮމިޓީ
– ތައުލީމާބެހޭ ކޮމިޓީ
– ޔޫތު އެންޑް ރިސޯސަސް ކޮމިޓީ
– އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
– ފިޔަވަޅުއަޅާ ކޮމިޓީ
– ލޭބަރ ރިލޭޝަންސް ކޮމިޓީ
– ޕްރިވެންޝަން، ރިހެބިލިޓޭޝަން އެންޑް ރިއިންޓެގްރޭޝަން ރިސާޗް ކޮމިޓީ