މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ އެވެ.
މ. ތޮއިބާ، ޝައިޚް އިސްމާއީލް އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. ޝައިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ޝައިހް އިސްމާއިލް މުހައްމަދަކީ މަދީނާ ޔުނިވާސިޓީ އިން ޑިގްރީ ހާސިލްކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ.
މަދީނާގައި ޓީޗިން މެތަޑޮލަޖީ ވެސް ކިޔަވާ ވިދާޅުވީ ޝައިހް އިސްމާއިލް މުހައްމަދު ވަނީ ތޮއިބާ މަދުރަސާ އުފައްދަވާ ރާއްޖޭގައި އަރަބި ބަހުން އިސްލާމީ ތައުލީމު ދެއްވައިފަ އެވެ.
ޝައިހް އިސްމާއިލް މުހައްމަދަށް މިދިޔަ އަހަރު ވަނީ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ އޮނަރަރީ ޑޮކްޓަރޭޓުކަން ވެސް ދެއްވާފަ އެވެ. ޝައިހް އިސްމާއިލް މުހައްމަދަށް މި ޝަރަފު އެރުވީ ބައި ގަރުނަށްވުރެ ގިނަ ދުވަހު ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ އިލްމު ފެތުރުއްވުމަށް ކުރެއްވި މަސައްކަތް ބަލައިގަނެ އޭގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މީގެއިތުރުން ޝައިހް އިސްމާއިލަށް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.
ޝައިހްގެ އަމިއްލަފުޅު ޚަރަދުގައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ.