މޯލްޑިވް ގޭހުގެ އާ ހެޑް އޮފީސް ޑިޒައިންކޮށް ދޭން ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 23 ވަނަ ދުވަހު ހެނދުނު 11:00 ގައި މޯލްޑިވް ގޭހުގެ އޮފީހުގައި އޮންނާނެ އެވެ.
އެ ކުންފުނިން ބީލަން ހުށަހެޅޭނީ ޕްރީ-ބިޑް މީޓިން ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3335614 އިން ހޯދޭނެ އެވެ.
މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީއެކެވެ.