އެޓްމޮސްފިއާ ފައުންޑޭޝަނުން އިންތިޒާމުކުރާ ޑައިވިން ކޯހެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި ކޯހަކީ ވިލިމާލޭގައި މޫދު ބުޅާގެ ނަމުގައި ހިންގަމުން އަންނަ ޑައިވިން ސެންޓަރާ ގުޅިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގަން ހަމަޖެހިފައިވާ ކޯހެކެވެ.
އެހެންވެ އަމިއްލަށް އެއްވެސް ހަރަދެއް ކުރަން ނުޖެހި ޑައިވިން އިންސްޓަރަކަށްވުމުގެ ފުރުސަތު ފަހިވެގެންދާ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަތަން ދަންނަ 18 އަހަރުން މަތީގެ މީހުންނަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ.
ޑައިވިން ކޯސް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ގަ އެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނުން ބުނީ މި ކޯހުގައި ބައިވެރިވާން ހުށަހަޅާ މީހުންނަކީ ތިން މަސް ދުވަހަށް އެއްކޮށް ވަގުތު ދެވޭނެ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި ކޯހުގައި ބައިވެރިވާން އެދޭ މީހުންނަކީ މަދުވެގެން ދެ އަހަރަށް ޑައިވިން ދާއިރާގައި ހަރަކާތްތެރިވެވޭނެ ބަޔަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.