Last Updated: June 21, 17:19
Sunday, June 21, 2026
ޚަބަރު

އައިޔޫއެމްގެ މަނަދޫ ކެމްޕަހުގެ ބިންގާ އަޅައިފި

އިސްލާމިކް ޔުނިވަސިޓ އައިޔޫއެމްގެ ނ. މަނަދޫ ކެމްޕަހުގެ ބިންގާ އަޅައިފި އެވެ.

އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކެމްޕަހުގެ ބިންގާ އަޅުއްވައި ދެއްވީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.

މަނަދޫގައި ގާއިމުކުރާ އައިޔޫއެމްގެ ކެމްޕަސް މަޝްރޫޢުގެ ދަށުން ކެމްޕަސް އިމާރާތަކާއި ދަނާލެއް ހަދާނެ އެވެ.
ކެމްޕަސް ޢިމާރާތުގައި ހަތަރު ކްލާސްރޫމާއި، ސެމިނާ ރޫމަކާއި، އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި މީޓިންގ ރޫމެއް ހިމެނޭނެ އެވެ.
އަދި އެތަނުގެ ދާނަލަކީ 20 ދަރިވަރުންގެ ޖާގައިގެ ޔަނެކެވެ. އެތަނުގައި މުވައްޒަފުންގެ ސްޓޫޑިއޯ-ޓައިޕް އެކޮމޮޑޭޝަން ދެ ފްލެޓާއި، އިންޑޯ ކުޅިވަރުތައް ކުޅުމަށް އަދި ޖިމް ގާއިމްކުރުމާއި ކެންޓީނުގެ ޚިދުމަތް ހިމެނޭނެ އެވެ.

މަނަދޫގައި އައިޔޫއެމްގެ ކެމްޕަސް ގާއިމު ކުރަނީ އެކަމަށްޓަކައި ހަމަޖައްސައި ދިން 19،000 އަކަފޫޓުގެ ބިމެއްގަ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޓްރަސްޓްއެންޖް އެވެ.

އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުތި މަޝްރޫޢުއަކީ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ގިންގާ މަޝްރޫއެކެވެ.