Last Updated: June 21, 17:19
Sunday, June 21, 2026
ޚަބަރު

އަންދާޒާ އަށް ވުރެ މަތިން ހިލޭ އެހީ ލިބިއްޖެ

މި އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް މިހާރު އެހީ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ވާގޮތުން، ޖެނުއަރީން ފެށިގެން މި މަހުގެ 4 ގެ ޔަލަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 393.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރަށް ފާސްކުރި ޅި ބަޖެޓުގައި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތީ 373.6 މިލިއަން ރުފިޔާ އެވެ. އެހެންވެ ބަޖެޓުން އަންދާޒާކުރި ވަރަށް ވުރެ 5.3 އިންސައްތަ އިތުރަށް މިހާރު ވަނީ ހިލޭ އެހީ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މުއްދަޔުގެ ތެރޭގައި ދައުލަތަށް 128.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މަހުގެ ތެރޭގައި މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 19 ބިލިއަން ރުފިޔާއެވެ. ރިޕޯޓުގައި ވާގޮތުން މިއީ، މިދިޔަ އަހަރު ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 10 ޕަސެންޠްގެ އިތުރުވުމެކެވެ.
އަދަދެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްހެވެ.