Last Updated: June 21, 17:19
Sunday, June 21, 2026
މުނިފޫހިފިލުވުން

"ޓޮކްސިކް" ގެ އާ ތާރީހަކީ އޮގަސްޓް 26

އެކި ފަހަރު މަތިން ރިލީޒް ކުރުން ފަސްކޮށްފައިވާ އިންޑިއާގެ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އަށް އާ ތާރީހެއް ކަނޑައަޅައިފި އެވެ.

އޭގެ ޓީމުން މިއަދު އިއުލާންކުރި ގޮތުގައި ބެލުންތެރިންނަށް ފިލްޖު ދޫކޮށްލަން މިހާރު ތާވަލުކޮށްފައި ވަނީ އޮގަސްޓް 26 ގަ އެވެ. އެންމެ ފަހުން "ޓޮކްސިކް" އަށް ކަނޑައެޅި ތާރީހަކީ މި މަހުގެ 4 އެވެ. ނަމަވެސް ފަހުން އެ ތާރީހުގައި ފިލްމު ރިލީޒް ނުކުރާނެކަން އިއުލާންކުރި އެވެ.

"ޓޮކްސިކް" އަކީ ވަރަށް ބޮޑެތި އުންމީދުތަކެއް ކުރެވޭ ފިލްމެކެވެ. މީގެ ލީޑް އެކްޓަރަކީ ދެ ބައި ގެނެސްދީފައިވާ މަގުބޫލު ކަންނާޑާ ފިލްމު (ކޭޖީއެފް) ގެ ބަތަލު ޔާޝް އެވެ.

ޖުމްލަ 600 ކްރޯޑް ރުޕީސް (66 މިލިއަން ޑޮލަރު) އިން ހަދާފައިވާ މި ޕީރިއަޑް ގޭންސްޓާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ގީތޫ މޯހަންދާސް އެވެ. "ޓޮކްސިކް" އަކީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެއް ހިމެނޭ ފިލްމެކެވެ.

އޭގެ ތެރޭގައި ކިއާރާ އަދުވާނީ، ރުކްމަނީ ވަސަންތު، ހޫމާ ގްރޭޝީ، ނަޔަންތަރާ، ތާރާ ސުތާރިއާ، ސުދޭވް ނައިރް، އަކްޝޭ އޮބެރޯއީ، ޓޮވިނޯ ތޯމަސް، ސުރްޖީތު ގޯޕީނާތު އަދި އަމިތު ތިވާރީ ހިމެނެ އެވެ.