Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ހުޅުމާލޭގައި މާރާމާރީއެއް، ދެ މީހަކަށް ފަރުވާ ދެނީ

ހުޅުމާލޭ ފޭސް ދޭއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ފަރުކޮޅިފުށި ހިއްކި ސަރަހައްދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 18:37 ގައި ލިބިފައިވާ ކަމަށެވެ.

މިމާރާމާރީގައި 2 މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިމާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.