ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގައި މުޅިން އަލަށް ވާދަކުރާ ކޭޕް ވާޑުން ކުޅުނު ދެ ވަނަ މެޗުގައި އުރުގުއޭއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅުނު މެޗުގައި ކޭޕް ވާޑުން ވަނީ 0-0 އިން ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނާ ވެސް އެއްވަރުކޮށްފަ އެވެ. އުރުގުއޭ އިން ކުޅުނު ފުރަަތަމަ މެޗުން ސައުދީ އަރަބިއްޔާއާ ވީ 1-1 އިން އެއްވަަރެވެ.
މި ގްރޫޕްގެ އެއްވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން އޮތީ ސްޕެއިން އެވެ. ދެވަނައިގައި އޮތް އުރުގުއޭ އަދި ތިންވަނައިގައި އޮތް ކޭޕް ވާޑަށް ދެ ޕޮއިންޓު ލިބިފައިވާއިރު، އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައި އޮތީ ސައުދީ އަރަބިއްޔާ އެވެ.
މި މެޗު ފަށައިގެން، 21 ވަަނަ މިނިޓްގައި ކޭޕް ވާޑުގެ، ކެވިން ޕީނާ އެޓީމަށް ލީޑު ނަގައިދީ، ވޯލްޑް ކަޕްގައި ކޭޕް ވާޑުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް އުރުގުއޭ އިން ވަނީ ހާފް ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. އެގޮތުން، މެޗުގެ 44 ވަނަ މިނިޓްގައި އުރުގުއޭގެ ފުރަތަމަ ގޯލު މެކްސިިމިލިއާނޯ އަރައުހޯ ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ
އަރައުހޯ ދިން ބޯޅަ އަކުން އޮގަސްޓިން ކަނޯބިއޯ އެވެ.
އުރުގުއޭ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު. މެޗުގެ 61 ވަނަ މިނިޓްގައި ހެލިއޯ ވަރޭލާ ވަނީ ކޭޕް ވާޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެެވެ. މެޗުގެ ލީޑު ނަގަން އުރުގުއޭ އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ ކޭޕް ވާޑުގެ ޑިފެންސް އެޓީމަށް އިތުރަށް ވަނީ ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި އުރުގުއޭ ނިކުންނާނީ ސްޕެއިނާއި ދެކޮޅަށެވެ. އަދި ކޭޕް ވާޑުން ބައްދަލުކުރާނީ ސައުދީއާ އެވެ.