Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

މާފުށި ޖަލު ބަލައި ފާސްކުރަން އޮޕަރޭޝަނެއް

މާފުށި ޖަލު / ފޮޓޯ: ދަ ޕްރެސް

މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ އިދާރާއިން ފުލުހުންނާއި ގުޅިގެން، މާފުށީ ޖަލުގައި މިއަދު ސާޗް އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމުގެ އަމަލުތައް ހިންގާތީ މީގެކުރިން ވެސް މާފުށީ ޖަލު ބަލައި ފާސްކުރަން އޮޕަރޭޝަންތައް ހިންގާފައިވެ އެވެ.

ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކަރެކްޝަންސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.