މާލޭގެ ފުރުޤާން މިސްކިތުގެ ކުޑަދޮރެއްހެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އެކަން ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ، އަދި މިސްކިތަށް ގެއްލުން ދިން މައްސަލަ އެ ކައުންސިލުން ވަނީ ފުލުހުންނަށް ރިޕޯޓް ވެސް ކޮށް އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރޭ 4:10 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ބުންޏެވެ.
އެކަމަކު ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވެސް މާލެ އާއި ރާއްޖޭގެ ބައެއް ހިސާބުތަކުގެ މިސްކިތްތަކަށް ތަފާތު ގެއްލުންތައް ދީފައިވެ އެވެ.