Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

އިސްކަންދަރު ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަނީ

އިސްކަންދަރު ކޮށީގައި 15 ބުރީގެ އިމާރާތެއް ހަދައި ފޭނެ ބަޔަކު ބީލަމަށް ހުޅުވާލައުފި އެވެ.

ފުލުހުންގެ މުއައްސަސާ އިން ބުނީ މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.

އެހެންވެ މި މަޝްރޫއު ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި އިމާރާތް ހަދަން ނިންމާފައ ވަނީ މިކްސްޑްޔޫސްޑް އިމާރާތެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރާއި، އިދާރީ މަސައްކަތްތަކުގެ އިތުރުން އޮޕަރޭޝަނަލް މެޑިކަލް، އަދި އެކި ކަހަލަ ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ޚާއްސަ ތަންތަނާއި އެކަމަޑޭޝަން ޖާގަ މި އިމާރާތުގައި ހުންނާނެއެވެ.

މިއީ ބޭސްމެންޓާއި ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ވެސް ޕާކު ކުރެވޭގޮތަށް ހަދާ ތަނެކެވެ.

އިސްކަންދަރު ކޮށީގައި 15 ބުރީ އިމާރާތް ހަދަން ނިންމީ އެ ބިމުގައި މިހާރު ހުރި އިމާރާތް ތަޅާލުމަށް ފަހު އެވެ.