މާލޭގެ ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީ އަށް ފުލުހުން އެދިއްޖެ އެވެ.
ވައްކަންކުރި މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ އެ މީހާ އަކީ މާފަންނު ޕޮލިހުން ތަހުގީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދިފައެއް ނުވާ ކަމަށް ބުންޏެވެ.
އެހެންވެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.