Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

މިތިބީ ސާބިތުކަމާއެކު ރައީސް މުއިއްޒާއެކު: ޒަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ޕީއެންސީގެ ލީޑަރޝިޕާއި މުޅި ޕާޓީ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ ޕާޓީގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުން ކަމަށެވެ.

އަދި މި މަސައްކަތްތަކާއެކު، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޕީއެންސީން މިހާރު ތައްޔާރުވަމުން އަންނަކަން މޫސާ ޒަމީރު ފާހަގަކުރެއްވި އެވެ. ޒަމީރު އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ޕީއެންސީގެ ލީޑަރެއްގެ ގޮތުގައި އަދި ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.

މިކަމުގައި ޕާޓީގެ ހުރިހާ މެންބަރުންނާއި މަޖިލިސް މެންބަރުން ތިއްބެވީ ރައީސްގެ ޒައާމަތަށް ފުރިހަމައަށް ތާއީދުކޮށްގެން އެމަނިކުފާނާއެކު ސާބިތުކަމާއެކު ކަމަށް ޒަމީރު ވިދާޅުވި އެވެ.