ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓަކުން ވެއްޓުނު ކުއްޖަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އަމާން ދޯދި 5ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 23:14 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.