Last Updated: July 15, 14:06
Wednesday, July 15, 2026
ޚަބަރު

މިލަންދޫގައި ޑްރަގް ވިއްކާ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދު އަށް މަސްތުވާތަކެރި އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރީ އެ ރަށު މުރިނގު، މުޙައްމަދު ސަޢީދު ޙަސަން، 44، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެ އޮޕަރޭޝަންގައި، ސައީދު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލޭ އެއްޗެއް ހުރި އަށް ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.