އަންނަ މަހު ބާއްވާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި އައްޑޫ ފޭދޫ ދެކުނު ދާއިރާގެ އަންހެނުންގެ ރައީސާ ކަމަށް ހައްޒާ ޒާހިރާ (ޒެޑް) ވާދަކުރައްވަން ނިންމަވައިފި އެވެ.
އެހެންވެ ޕާޓީގެ މެންބަރުންގެ ތާއީދާއި ލޯބި ބޭނުންވާ ކަމަށ ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވި އެވެ. ޒެޑް އަކީ އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މިދިޔަ ދައުރުގައި ކޮމިޓީގެ ނައިބު ރައީސެވެ. އޭނަ މެންބަރު ކަމަށް ހޮވުނީ އެމްޑީޕީގެ ފަރާތުން ވާދަކޮށެވެ. އޭނަގެ އަންހެނުންގެ ކޮމިޓީގައި ދެ ދައުރަކަށް މަސައްކަތް ކުރެއްވި އެވެ.
ޒެޑް ވަނީ ފަހުން ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ސޮއިކުރައްވައިފަ އެވެ. އޭނަ އަށް އެ ޕާޓީ އަށް ސޮއިކުރެއްވިއްތާ ދުވަސްތަކެއް ފަހުން، ރަސްމީކޮށް މެންބަޝިޕް ފޯމު ހަވާލުކުރީ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ އަައްޑޫ މެނިފެސްޓޯ ލޯންޗްކުރަން މާޗް 7 ގައި މާލޭގެ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގަ އެވެ.
ޒެޑްގެ ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 11 ގަ އެވެ.