އައްޑޫ ސިޓީ ކައުންސިލްގެ ފަސް ދައުރުގެ އެޑްވައިޒަރީ ކޮމިޓީތައް އުފައްދައި، އެ ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ:
* ރިލިޖަސް އެޑްވައިޒަރީ ކޮމިޓީ
* ޔޫތު އެޑްވައިޒަރީ ކޮމިޓީ
* ފިޝަރީޒް އެންޑް އެގްރިކަލްޗަ އެޑްވައިޒަރީ ކޮމިޓީ
* ބިޒްނަސް އެންޑް ޓޫރިޒަމް އެޑްވައިޒަރީ ކޮމިޓީ
* އެންވަޔަރަންމަންޓް އެޑްވައިޒަރީ ކޮމިޓީ
* ސޯޝަލް އެޑްވައިޒަރީ ކޮމިޓީ
ސިޓީ ކައުންސިލުން މި ކޮމިޓީތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ކޮމިޓީތަކަށް އެޕްލައި ކުރާނީ އެ ދާއިރާއަކުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތަކާ އެކު 29 ވަނަ ދުވަހުގެ 12:00ގެ ކުރިން، މި މެއިލް [email protected] މެދުވެރިކޮށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6885003 ނުވަތަ މި މެއިލް [email protected] އިން ވެސް ހޯދޭނެ އެވެ.
އައްޑޫ ސިޓީ ކައުންސިލް މިހާރު އެކުލެވެނީ ހަތަރު އަވަށެއް ހިމެނޭ ގޮތަށެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އެވެ.