Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މަރަދު އާއި މަރަދޫފޭދޫ ބޮޑު މަގުގައި ވެސް ބަމްޕަރު

ދުވެލި މަތަ ކުރުމުގެ ގޮތުން އައްޑޫގެ ތާރު އަޅައިގެން ހަދާފައިވާ ބޮޑެތި މަގުތަކުގައި ބަމްޕަރު އެޅުމުގެ މަސައްކަތުގެ ތެރެއިން މިއަދު މަރަދު އާއި މަރަދޫފޭދޫ ބޮޑު މަގުގައި ބަމްޕަރު އަޅައިފި އެވެ.

12936715_10209006089129677_324458815817964886_n

މި މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ފަރާތުންނެވެ.

މަރަދު އާއި މަރަދޫފޭދޫގެ މަސައްކަތް ނިންމާލުމަށް ފަހު ފޭދޫގައި ވެސް ބަމްޕަރު އަޅާނެ އެވެ.

ހިތަދޫ ބޮޑު މަގާއި އެ އަވަށު ލިންކް ރޯޑްގައި ވެސް މިހާރު ވަނީ ބަމްޕަރު އަޅައި ނިންމާފަ އެވެ.