Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ބޯންމެރޯ ޓްރާންސްޕްލާންޓަށް ޒަކާތު ފަންޑުން 2.5 މިލިއަން

މޯލްޑިވްސް ޒަކާތު ހައުސްއިން ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި ފައިސާ އިއްޔެ ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ)އަށް ޖަމާކޮށްފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު 21 ފެބުރުވަރީ 2024 ގައި ސޮއިކުރި ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ތެލަސީމިއާ ބަލިމީހުންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިދިޔަ އަހަރުވެސް ޒަކާތު ފަންޑުން 10 ފަރާތަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާފައި ވެއެވެ. އަދި 2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޯން މެރޯ ހެއްދުމަށް 7،303،110.34 ރުފިޔާ ހަރަދުކޮށްފައިވާއިރު 2023 ވަނަ އަހަރު ޒަކާތު ފަންޑުން ބޯން މެރޯ ހެދުމަށް 3،851،946.62 ރުފިޔާ ހަދިޔާ ކޮށްފައި ވެއެވެ.