Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މައުރަޒުގައި އައްޑޫން ބައިވެރިވާން ހުޅުވާލައިފި

މި އަހަރު ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި އައްޑޫގެ ދާއިރާއިން ބައިވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

މި މައުރަޒުގައި އައްޑޫ ސިޓީން ބައިވެރިވާ މީހުންނަށޑް ތްވަރު ދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ ޚާއްޞަ ސްޕޮންސަރޝިޕްތަކެއް މިދިޔަ އަހަރެކޭ އެއްގޮތަށް ދޭން ނިންމައިފަ އެވެ. އެގޮތުން، ނަން ނޯޓުކުރާ ފަރާތްތަކުން ހުށަހަޅާ ސާމްޕަލްތަކަށް ބަލައި ހޮވާލެވޭ ފަސް ފަރާތަކަށް ކައުންސިލްގެ ފަރާތުން އެލެވެންސެއް ދޭނެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވެސް އަންހެން ފަސް ބައިވެރިއަކަށް ސްޕޮންސަ އެލެވެންސް ދޭން ހަމަޖެހިފައިވެ އެވެ.

އެހެންވެ ބައިވެރިވާން ބޭނުންވާ މީހުން އަންނަ މަހުގެ 5 ގެ މެންދުރު ފަހު 14:00 ގެ ކުރި ފޯމު ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ބައިވެރިކުރާ އުފެއްދުންތަކުގެ ސާމްޕަލްތައް އަންނަ މަހުގެ 23 ގައި ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

އައްޑޫން މިދިޔަ އަހަރުގެ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި އައްޑޫން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އެގޮތުން މުޅި މަޢުރަޒުން އެއް ވަނަ އައްޑޫ ސިޓީ ހިތަދޫ އަށް ލިބުނު އިރު، ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނަސް ސެންޓަ ކޯޕަރޭޝަން، (ބީސީސީ) އިން އިންތިޒާމުކުރާ އަހަރުގެ މި މައުރަޒު އޮންނާނީ އޮކްޓޯބަރު 23-31 އަށެވެ.