Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެމެރިކާއިން ކަސްޓަމްސް އަށް ބޮޑީ ވޯން ކެމެރާ ހަދިޔާކޮށްފި

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ކަސްޓަމްސް އަށް ބޮޑީ ވޯން ކެމެރާ ހަދިޔާކޮށްފި އެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން މި ތަކެތި ކަސްޓަމްސް އަށް ހަވާލުކޮށްދިނީ ރީޖަނަލް އެޓޭޗޭ އާލް މަޓިއަރ އެވެ. ކަސްޓަމްސްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ އެވެ.

މި ތަކެތި ހަދިޔާކުރުމުގެ އިތުރުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އިން ވަނީ މި ޓެކްނޮލޮޖީ، ކަސްޓަމްސް އޮޕަރޭޝަންސްތަކުގައި ބޭނުންކުރުމަށް އެހީތެރިވުމަށް ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކަސްޓަމްސް އިން ވަނީ މި އެހީއަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އަށް ޝުކުރު އަދާކޮށްފަ އެވެ.