ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި އެވެ.
އެ ހަ މެންބަރުންގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله އާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު އާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.
އެ ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ އިންޑިއާގައި ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް އެވެ.
އިންޑިއާގެ ހައި ކޮމިޝަނުގެ ފަރާތުން ވަނީ މިއީ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' ތަސައްއްވުރާ އެއްގޮތަށް ޓެކްނޮލޮޖީގެ އެހީގައި ދާއިރާތައް ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ވެވުނު އެހީއެއް ކަމަށް ބުނެފަ އެވެ.