Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

އެމްޑީޕީގެ ސެކްރެޓޭރިއޭޓްގައި އާ އޮފީހެއް، ވެރިޔަކީ އަމީރު

ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކަށް ފަންނީ ލަފާ ދޭން އެމްޑީޕީގެ ސެކްރެޓޭރިއޭޓުގައި ހާއްސަ އޮފީހެއް އުފައްދައިފި އެވެ.

އިންޓަލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓްގެ ނަމުގައި އުފެއްދި މި އޮފީހަކީ ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށް ދިނުމަށް އުފެއްދި އޮފީހެއް ކަމަށް އެ ޕާޓީން ބުންޏެވެ

އޮފީހުގެ އިސްވެރިޔަކަށް ހަމަޖެއްސީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރެވެ.

މިފަދަ އޮފީހެއް އުފެއްދުމަކީ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނުގައި ކުރައްވާނެ ކަމަށް ވިދާޅުވެފައި އޮތް ކަމެއްކަން ފާހަގަކޮށްލެވެ އެވެ. ކ

އެމްޑީޕީގެ ސެކްރެޓޭރިއޭޓުގައި ދާދި ފަހުން ވަނީ "ބޮޑު ބަދަލު" އޮފީސް ވެސް ގާއިމުކޮށްފަ އެވެ. އެ އޮފީހުގެ ޑިރެކްޓަ ޖެނެރަލަކީ ހަސަން ލަތީފެވެ.