ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިއަދު އައްޔަންކޮށްފި އެވެ.
ބޭންކިން ދާއިރާ އިން ބޯޑް މެންބަރަކަށް އައްޔަންކުރީ ގއ. ދާންދު އަށް ނިސްބަތްވާ ޒައިނާ ޢަބްދުﷲ އެވެ.
ޒައިނާ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވައިފައެ ވެ. އަދި އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލަ އޮފް ކޮމާސް ހާސިލުކުރައްވާފައިވެ އެވެ.
އޭނަ މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމެވެ.
އެމްއައިބީއާ ގުޅިވަޑައިގަތުމުގެ ކުރިން ވެސް ޒައިނާ ޕީސީބީގެ ސީނިއަ އޮފިސަރެއްގެ މަޤާމު ފުރުއްވި އެވެ.
ޕީސީބީގެ މިހާރުގެ ރައީސަކީ މުޙައްމަދު ނިޒާރެވެ.
އެތަނަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަށް ޕީސީބީން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ.
އެ ބޯޑަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބޯޑަށް އައްޔަންކުރާ މެމްބަރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
ޕީސީބީ އެކުލެވެނީ 7 މެމްބަރުންގެ މައްޗަށެވެ.