Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

އެސްޓީއޯގެ ފާމަސީތައް 3 ދުވަހަށް ބަންދުކޮށްފި

އެސްޓީއޯ އިން ހިންގަމުން އަންނަ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށްޓަކައި މިއަދުން ފެށިގެން ފާމަސީތައް ތިން ބަންދުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެ ކުންފުނޫގެ ފާމަސީތައް މިހާރު ސަރުކާރުގެ ބޭސް ކުންފުނި ކަމަށްވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މިއަދުން ފެށިގެން ހުރިހާ ފާމަސީތަކެއް ވެސް ތިން ދުވަހަށް ބަންދު ވާނެ ކަމަށެވެ.

ނަމަވެސް އިމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ މަހުގެ 1 އިން ފެށިގެން ހިންގަމުންދާނީ ސްޓޭޓް ފާމާއިންނެވެ.
އެ ކުންފުނީގެ ދަށުން ފުރަތަމަ ފުރަތަމަ ފާމަސީ މިދިޔަ މަހުގެ ތެރޭގައި ވަނީ އައިޖީއެމްއެޗްގައި ހުޅުވައިފަ އެވެ.

އެ ކުންފުނިން އަންނަނީ ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ޚިދުމަތް ވެސް ފަށާފައިވެ އެވެ.