Last Updated: June 24, 22:51
Wednesday, June 24, 2026
މުނިފޫހިފިލުވުން

އާ ފިލްމުގައި އަކްޝޭގެ އަޑުން ލަވައެއް!

އަކްޝޭ ކުމާރުގެ އަޑުން ކިޔާފައިވާ ލަވައެއް އޭނަގެ ކުރިއަށް އޮތް ފިލްމު 'ވެލްކަމް ޓު ދަ ޖަންގަލް' ގައި ހިމަނައިފި އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމުގައި ހިމެނޭ ލަވައިގެ ވީޑިއޯ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ލަވައިގެ ނަމަކީ 'ތޭރާ ޕައިސާ މޭރާ ޕައިސާ' އެވެ. މި ލަވައިގެ އަޑުގެ ވެރިންނަކީ ލަވައިގެ މިއުޒިކް ވެސް ހެދި ވިކްރަމް މޮންޓްރޯސްގެ އިތުރުން އަކްޝޭ އާއި ފަރުހާދު ބިވަންދިވާލާ އަދި ރުބާއި އެވެ.

ލަވައިގެ ޅެން ހެދީ މެއްގާ ބަލީ އެވެ.

'ވެލްކަމް ޓު ދަ ޖަންގަލް' އަކީ ކޮމެޑީ ފްރެންޗައިޒް 'ވެލްކަމް' ގެ ތިން ވަނަ ބައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ. އޭނަ އަކީ ޓައިގާ ޝްރޮފްގެ 'ބާގީ' 2 އާއި 3 ގެ އިތުރުން 'ހީރޯޕަންތީ 2' ގެ ޑައިރެކްޓަރެވެ.

'ވެލްކަމް ޓު ދަ ޖަންގަލް' އަކީ ވަރަށް ބޮޑު ކާސްޓެއް ފެންނާނެ އެކްޝަން އެޑްވެންޗަ ކޮމެޑީއެކެވެ.

މިއިން ފެންނާނެ ތަރިންގެ ތެރޭގައި އަކްޝޭ، ރަވީނާ ޓަންޑަން، ސުނިލް ޝެޓީ، ޑިޝާ ޕަޓާނީ، ތުޝާރް ކަޕޫރް، ޖެކްލިން ފެނަންޑޭޒް، ޝްރެޔަސް ތަލްޕަޅޭ، ލާރާ ދައްތާ، ޖެކީ ޝްރޮފް، ޕަރޭޝް ރާވަލް، ފަރީދާ ޖަލާލު، ޖޯނީ ލީވ، ރާޖްޕަލް ޔާދަވް، އަފްތާބް ޝިވްދަސާނީ، ވިންދޫ ދާރާ ސިންގް އަދި މުކޭޝް ތިވާރީ ހިމެނެ އެވެ.