ފްރާންސްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްރެންޗް ބީގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމާފައި ވަނީ ޑިސެންބަރު 19 އިން ފެށިގެންނެވެ. އަދި ފްރެންޗް ބީންގެ ދަތުރުތައް އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ފްރެންޗް ބީ އަކީ 2016 ގައި އުދުހެން ފެށި އެއާލައިނެކެވެ.
އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމި އިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފްރާންސަކީ ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 7 ވަނައިގައި އޮތް ގައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ފްރާންސުން ރާއްޖެ އަށް 29،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.