މިހާރު ވެސް ތަފާތު އެކި ދައުވާތަކާ ގުޅިގެން ޖަލުގައި ހުންނަތާ ދެ އަހަރެއްހާ ދުވަސްވެފައިވާ ޕާކިސްތާންގެ ޒުވާން އަންހެން އެކްޓިވިސްޓަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ދައުވާތަކަށް އިންކާރުކޮށް، ޝަރީއަތް ބޮއިކޮޓްކޮށްފައި ވަނިކޮށް އައިރު ޙާޒިރުގައި އެ ހުކުމް އިއްވީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މަގްރަންގް ބަލޮޗްގެ މައްޗަށެވެ.
އުމުރުން 33 އަހަރުގެ މަހްރަންގް އަކީ ބަލޮޗިސްތާން ޔުނިޓީ ކޮމިޓީ (ބީވައިސީ) ގެ ލީޑަރެވެ. ޑޮކްޓަރުކަން ވެސް ކިޔަވާފައިާ މަހްރަންގް އާއި އެހެން އެޓިވިސްޓެއް ކަމަށްވާ ސިގްބަތުއްﷲ އަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވީ ޓެރަޒިމަށް ހިތްވަރު ދީ، 2024 ގައި ބޭއްވި ރެލީއެއްގެ ތެރޭގައި ޕެލަމިލިޓަރީ އޮފިސަރަކު މަރާލި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
ޝައްބީރް އަހުމަދު ކިޔާ އޮފިސަރު މަރުވީ މަހްރަންގް އާއި ސިގްބަތުއްﷲ އިސްކޮށް ތިބެގެން ކުރިއަށް ގެންދިޔަ ރެލީގެ ތެރޭގައި ބަޔަކު އޭނަ ހިފަހައްޓައި ދިން އަނިޔާތަކާ ގުޅިގެން ކަމަށް އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވެ އެވެ. އެހެންވެ އެ މީހުންގެ މައްޗަށް އުފުލީ ޓެރަރިޒަމާއި މީހަކު މަރާލުމުގެ ދައުވާ އެވެ.

މަހްރަންގް އާއި ސިގްބަތުއްﷲ އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން 2،000،000 ރުޕީސް (719 ޑޮލަރު) އިން ޖޫރިމަނާކޮށްފައިވެ އެވެ.
އެ މީހުންގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޕާކިސްތާންގެ ހިއުމަން ރައިިޓްސް ކޮމިޝަނުން ވަނީ އެ ހުކުމް އަލުން މުރާޖާ ކުރަން ގޮވާލައިފަ އެވެ.