Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

ނަޝީދު މިއަދު ޔޫކޭ އަށް

އެމްޑީޕީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވައިފި އެވެ.

އެމްޑީޕީން ބުނީ އެ މަނިކުފާނުގެ މި ދަތުރުގައި އެ ގައުމުގެ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންގެ އިތުރުން ޔޫކޭ ބާ ކައުންސިލާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ 2 ގަ އެވެ.

މިއީ މި މަހުގެ 12 ގައި ބޭއްވި ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ނަޝީދު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ.