ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ މި އަހަރު ގެނެސްދޭން އުޅޭ ފިލްމު 'މަޖުނޫނު' ގެ ލީޑް ތަރިން ކަމަށްވާ އަހުމަދު ޝާރިފާއި މަރިޔަމް ޝިފާގެ އެކީގައި ފެންނަ ފެނިލުމެއް ފިލްމުގެ ޓީމުން މިއަދު ފުރަތަމަ ފަހަރަށް ދައްކާ ދައްކާލައިފި އެވެ.
ފިލްމުގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކުރި ފޮޓޯއެއްގައި ފެންނަނީ ދެ ތަރިންގެ އިންޓެންސް މަންޒަރެކެވެ. 'މަޖުނޫނު' އަކީ ޝާރިފާއި ޝިފާގެ ޖޯޑު އަލަށް ބޮޑު ސްކްރީނަށް ގެނެސް، ޒުވާން ދެ ތަރިންގެ ކެމިސްޓްރީ ދައްކައިލާނެ ފިލްމެކެވެ.
ލޯބީގެ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭނެ 'މަޖުނޫނު' ގެ ކާސްޓްގައި ނަހުލާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ މިދިޔަ އަހަރުގެ 'ސޮރީ' ގައި މުހިއްމު ރޯލުތަކެއް ކުޅުނު ތަރިން ކަމަށްވާ ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ. އަދި އެ ފިލްމުގެ ރޯލުތަކެއް ކުޅުނު ކުޑަ ދެ ކުދިން ކަމަށްވާ ނަހުލާގެ ހަގު ދަރިފުޅު ޢާއިޝާ ލަޔާލީ ސިނާން (ލާލީ) ގެ އާއި މާމަދަރިފުޅު އެވްލިން ފިރާޝް (އެވްލީ) ވެސް ކާސްޓްގައި ހިމެނެ އެވެ.
ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިއަށްދާ 'މަޖުނޫނު' ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 26 ގަ އެވެ.