ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ކަރެކްޝަންސް އިން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ. އެކަމަކު އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
ކަރެކްޝަންސް އާއި ފުލުހުން ގުޅިގެން މި މަހުގެ 22 ގައި މާފުށީ ޖަލުގައި ވެސް ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިފަދަ އޮޕަރޭޝަންތައް މި ފަހުން ހިންގަމުން އަންނަނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމުގެ އަމަލުތަކެއް ޖަލު ތެރޭގައި ހިންގާ ކަމަށް ބެލެވޭތީ އެވެ.