ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ދިވެއްސާއި ހިސާބުގެ އަސާސީ ހުނަރު ކުރިއަރުވަން ކޮންސަލްޓަންޓެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 5 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ސާފު ކުރަން ބޭނުންވާ އެއްވެސް ކަމެއް ވާ ނަމަ އަންނަ މަހުގެ 1 ގެ ކުރިން މި މެއިލް [email protected] މެދުވެރިކޮށް ސާފު ކުރަން މިނިސްޓްރީން އެދިފައިވެ އެވެ.