Last Updated: June 24, 22:51
Wednesday, June 24, 2026
މުނިފޫހިފިލުވުން

ރަޖްނީކާންތު ނުރައްކާތެރި ޑޮކްޓަރަކަށް!

ރަޖްނީކާންތު ޑޮކްޓަރެއްގެ ރޯލުން ފެންނާނެ އާ ފިލްމު 'ދަރުމަން: ދަ ޑެޑްލީ ޑޮކްޓާ' ގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ކަމަލް ހަަސަން ޕްރޮޑިއުސްކޮށް، އަޝްވަތު މަރިމުތޫ ޑައިރެކްޓްކުރާ ފިލްމެކެވެ. އަޝްވަތު އަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ކޮމެޑީ ޑްރާމާ 'ޑްރެގަން' ގެ ޑައިރެކްޓަރެވެ.

'ދަރުމަން' މިއަދު ލޯންޗްކޮށް، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކައިލި އިރު، މީގެ ކާސްޓްގައި ރާޝީ ކަންނާ އާއި ސިމްރަން ވެސް ހިމެނެ އެވެ. ނަމަވެސް އަދި ފިލްމާ މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ރަޖްނީކާންތު ދެން އެންމެ އަވަހަށް ފެންނާނެ ފިލްމީ ޝޫޓިން ނިންމާފައި އޮތަސް އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރާ 'ޖެއިލާ 2' އިންނެވެ. މިއީ އޭނަގެ 2023 ގެ އެކްޝަން ކޮމެޑީ 'ޖެއިލާ' ގެ ސީކްއެލް އެވެ.

ރަޖްނީކާންތު، 75، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެކްޝަން ތުރިލާ 'ކޫލީ' އެވެ.