Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

ބޮޑުކަންނެލި ފެކްޓަރީ އަޅަން ބަޔަކާ ހަވާލު ކުރަނީ

ހުޅުމާލޭގައި ގާއިމުކުރާ ބޮޑުކަންނެލި ފެކްޓްރީގެ އެއްބަސްބުމުގައި އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެ ފެކްޓަރީ އަކީ 100 ޓަނުގެ ތަނެކެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމު ވިދާޅުވީ ބޮޑުކަންލެނީގެ ފެކްޓްރީ އަޅަން ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ.

"ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމަށް މެއި މަހު ވާނީ އިކޮނޮމިކް ކައުންސިލުން ނިންމާފައި އެތަން އެޅުމަށް ބަޔަކާ ހަވާލުކުރުމަށް. އެ އެގްރީމެންޓުގައި އަންނަ ހަފްތާގައި ސޮއިކުރެވޭނެ." އޭނަ ވިދާޅުވި އެވެ.

ބޮޑުކަންނެލި ފެކްޓަރީ އަޅަން ތައްޔާރުވަމުން އަންނަ އިރު، މިފްކޯ އިން މިހާރު އަންނަނީ ބޮޑުކަންނެލި ގަންނަމުންނެވެ. އެގޮތުން ކިލޯއެއް ގަންނަނީ 25ރ. އަށެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށް ގެންދިޔަ ބޮޑުކަންނެލި އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައިވަނިކޮށް މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އަލުން މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރެގަ އެވެ.