Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

އައްޑޫ އެއާޕޯޓުގެ ބޯޑަށް ޝެރީނާ އައްޔަންކޮށްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ އައްޑޫ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް އައްޔަނު ކޮށްފައިވަނީ ސ. ހިތަދޫ، ވެލްކަމްވިލާ، ޝެރީނާ ސާލިހް ކަމަށެވެ.

ޝެރީނާ އަކީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ ބޭރުމަތި ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ. ނަމަވެސް އެ އިންތިހާބުގައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

އޭއައިއޭގެ ބޯޑުގައި ތިއްބަވަނީ އެ ކުންފުނީގެ 70 ޕަސެންޓް ހިއްސާވާ ސަރުކާރުގެ ފަސް ޑިރެކްޓަރުންނާއި، އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާވާ ކާސާ ހޯލްޑިންސްގެ ދެ ޑިރެކްޓަރުންނެވެ.